ކޮވިޑް-19 ޖެހިގެން ބްރެޒިލްއިން މަރުވި މީހުންގެ އަދަދު ފަސް ލައްކައިން މައްޗަށް ގޮސްފިއެވެ.

މިއާއެކު ބްރެޒިލް އަކީ ދުނިޔެއިން ދެވަނަށް އެންމެ ގިނަ މީހުން މި ބަލީގައި މަރުވި ގައުމެވެ. ބްރެޒިލްގައި ހަލުވިކަމާއެކު އަދިވެސް މި ބަލި ފެތުރެމުންދާއިރު ވެސް އެގައުމުގެ ރައީސް ޖެއި ބޮލްސަނާރޯ ވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ދެކޮޅު ހައްދަވާފައެވެ. އެގައުމުގައި މިހާރު ވެކްސިން ދެވިފައިވަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ 15 އިންސައްތައަށެވެ.

އެގައުމުގެ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތްތައް ކޮންގްރެސްއިން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ވެކްސިން އާއި ދެކޮޅު ވުމާއި މާސްކް އެޅުން މަޖުބޫރުކުރަން ދެކޮޅު ހެދުމުގެ އިތުރުން ލޮކްޑައުންއަކަށް ދިޔުމަށް ބޮލްސަނާރޯ ދެކޮޅު ހެއްދެވުމާއި ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ލޮކްޑައުންއަކަށް ގޮސްފިނަމަ އިގްތިޞާދީ ގޮތުން ލިބޭނެ ގެއްލުންތައް މާ ބޮޑު ވާނެ ކަމަށް ބޮލްސޮނާރޯ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ލިބެން ހުރި ހުރިހާ ވެކްސިންއެއް ހޯދުމަށް މަސައްކަތްކުރެއްވި ކަމަށް ވެސް ވިދާޅުވެފައެވެ. އެހެން ނަމަވެސް ވެކްސިން ހޯދުމަށް އޭނާ މަސައްކަތް ނުކުރައްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް ކޮންމެ ދުވަހަކު 70،000 އަށްވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.