އެސްޓްރަޒެނިކާ ވެކްސިން

އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ރާއްޖެއިން ދީފިއެވެ. .

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މި ވެކްސިން ބޭނުންކުރުމަށް ހުއްދަ ދީފައިވަނީ މިއަދުއެވެ. އެގޮތުން ދެ ވެކްސިންއަށް ވެސް ހުއްދަ ދީފައިވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އޮން އިމަރޖެންސީ ސިޓުއޭޝަން" ގައި ބޭނުންކުރުމަށާއި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށެވެ.

މި ވެކްސިން ވެސް ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ މިކަމުގައި ފުރިހަމަކުރަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށްފައި ކަމަށާއި އަދި ހުއްދަ ދީފައިވަނީ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާއި އިރުޝާދާއެކު ކަމަށް ވެސް ބުނެފައިވެއެވެ.

އެސްޓްރަޒެނެކާ ވެކްސިންއަކީ ޑަބްލިއުއެޗްއޯގެ އެމަޖެންސީ ޔޫސް ލިސްޓިން (އީޔޫއެލް)ގައި
ހިމެނޭ އަދި މިހާތަނަށް 115 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ. މިގައުމުތަކުގެ ތެރޭގައި ޔޫކޭ، ކެނެޑާ، މެލޭޝިއާ، ސްޕެއިން، ފްރާންސް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތައް ހިމެނެއެވެ.

މިވެކްސިން ބަހައްޓަންޖެހެނީ 2 ޑިގްރީ ސެލްސިއަސްއާއި 8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނެއްގައެވެ. އެހެންކަމުން މި ވެކްސިންއަށް ހުއްދަ ދީފައިވަނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެނެވެ.

ރާއްޖެއަށް 7 ލައްކަ ޑޯޒް ވެކްސިން ގެނައުމަށްޓަކައި އެސްޓްރަޒެނެކާ ކުންފުންޏާއެކު ސޮއި ކުރުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތަަކަށް އަމަލު ނުކުރުމަށް ނިންމާ، މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު ވަނީ ފިނޭންސް މިނިސްޓަރުގެ ގަރާރެއް ނެރެފައިވާއިރު، އެ އެގްރީމެންޓްގެ ދަށުން ރާއްޖެއަށް 7 ލައްކަ ޑޯޒް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުން ދާތާ މިހާރު ވަނީ 6 މަސް ވެފައެވެ.

ރާއްޖެއަށް ވެކްސިން އަންނާނެ ކަމަށް މިހާތަނަށް އެޗްއީއޯސީން އަދި ހެލްތް މިނިސްޓްރީން ވަނީ އެކި ފަހަރު މަތިން ތާރީހުތަކެއް ދީފައެވެ. ނަމަވެސް މިހާތަނަށް ދިން ތާރީހުތައް ފަހަނައަޅައި ދިޔަ އިރުވެސް ވެކްސިން ނުލިބޭ ކަން ފާހަގަކުރެވެއެވެ. އެންމެ ފަހުން ސަރުކާރުން ބުނީ އަންނަ ޖުލައި މަސް ތެރޭ އެ ވެކްސިންގެ 5 ލައްކަ ޑޯޒް ލިބޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.