ހެލްތް މިނިސްޓަރ އަހްމަދު ނަސީމް

މި މަހުގެ 1 ވަނަ ދުވަހުގެ ރޭ އެމްބިއުލާންސް ބަލާ ދިއުން ލަސްވެގެން، ފަރުވާ ނުދެވި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ ތަހުގީގު ނިންމާ، ރިޕޯޓް އާންމު ކޮށްފިއެވެ.

ރިޕޯޓްގައި ބުނީ، މި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ހާދިސާ ދިމާވުމަށް މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތައްކަން ފާހަގަ ކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނީ މީގެ ކުރިން ކޮވިޑް ކޭސްތަކުގެ އަދަދު ހިފެހެއްޓިފައިހުރި މިންވަރުގެ ސަބަބުން މި މައްސަލަތައް ފެންމަތިވެފައި ނުވާ ކަމަށެވެ. އަދި ސިސްޓަމްގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަ ގޮތެއްގައި އާދަޔާ ހިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރުވަނީ ދެނެގަނެވިފައި ކަމަށާއި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

"ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު މިނިސްޓްރީ އޮފް ހެލްތުން ފިޔަވަޅު އެޅުމަށްވަނީ ހަމަޖެހިފައި" ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ބުނީ، މިޝްކާއަށް އެޗްއީއޯސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއްވެފައި ވާކަމަށެވެ. އަދި ޑީއެމްއާރްޓީން އޮންލައިން
ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުންވެސް މިޝްކާގެ ހާލަތު އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

މިޝްކާގެ ބެލެނިވެރިޔާއާއި ޑީއެމްއާރްޓީގެ ޑޮކްޓަރާ ދެމެދު ކުރެވުނު މުއާމަލާތުގެ އަލީގައި، އެކުއްޖާ ބަލާ ދާނެކަމަށް ގަބޫލް ކުރެވިފައިވާކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރުގެ އެޖެންޓުންނާ ކޮށްފައިވާ ކޯލްތަކުގެ ލޮގްތަކުން ދޭހަވެއެވެ. އަދި ކޯލް ސެންޓަރުން އެފަރާތުގެ އާއިލާއާ ކޮށްފައިވާ މުއާމަލާތްތަކުން ތަކުރާރުކޮށް ކުއްޖާ ބަލާ ފޮނުވާކަމަށް ދޭހަވާ އިބާރާތުން މުއާމަލާތް ކޮށްފައިވެއެވެ.

ނަމަވެސް 23:32 (އީއެމްއެސްއަށް ކޯލްކުރި ގަޑި) އާ ހަމައަށް އެއްވެސް ފަރާތަކުން ކުއްޖާ ބަލާ ދިއުމަށް އެންބިއުލަންސް ޓްރިގަރކޮށްފައި ނުވާ ކަމަށް ރިޕޯޓުގައި ވެއެވެ. އެ ރިޕޯޓުގައި ބުނީ އެޗްއީއޯސީގެ ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމަށެވެ. އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައެއް ނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.