ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަރުފައިގެ ފޮޓޯ

މާލެ ސިޓީ ގައި ހުރި ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ އެވެ.

ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަރުފަ ފެނިފައިވަނީ މާފަންނު ބިސްބުރު ކައިރި ހުރި ގުދަނެއްގެ ތެރެއިން ކަމަށާއި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:00 ހާއިރު ކަމަށެވެ.

އަދި އެކަން އެމްއެންޑީއެފަށް އެންގުމުން ސިފައިން  ގޮސް ހަރުފަ ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދއުރުވަމުންދާ ފޮޓޯތަކުން ފެންނަ، މިހަރުފައަކީ ބާމީސް ޕައިތަންގެ ހަރުފައެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އަދި ހަރުފައަކީ ވިހަ ގަދަ ވައްތަރެއްގެ ހަރުފައެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މި ހަރުފައާ ގުޅޭ އިތުރު ތަފްސީލު އެމްއެންޑީއެފުން އަދި މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.