މޭލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ފަރާތުން ވާދަ ކުރައްވާނީ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ކަމަށް އެޕާޓީން ކަނޑައަޅައިފިއެވެ.
މާލެ ސިޓީ ކައުންސިލްގައި ނަރީޝް ތަމްސީލް ކުރައްވަމުން ގެންދަވަނީ މާފަންނު މެދު ދާއިރާއެވެ.
ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމްއިން ވާދަ ކުރާ ކެންޑިޑޭޓަކަށް ނަރީޝް ހޮވިފައިވަނީ އެޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.
Male city council ge deputy mayor kamah PPM ge faraathun vaadha kuraane beyfulhakah hovifaivanee Council Member @ahmed_narysh pic.twitter.com/J4afcdOR7p
— Progressive Party of Maldives (@ProgressPartyMV) June 20, 2021
ޕީޕީއެމްއިން ޑެޕިއުޓީ މޭޔަރު ކަމަށް 3 ބޭފުޅަކު ވަނީ ވާދަ ކުރައްވާފައެވެ. އެއީ ނަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާއިގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ އެވެ.
މި ވޯޓުގައި ނަރީޝްއަށް 5 ވޯޓް ލިބިލެއްވި އިރު، ޝުޖާއު އަދި ނަހުލާއަށް ލިބިވަޑައިގެންނެވީ 4 ވޯޓެވެ.
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް އިންތިޚާބު ބޭއްވުމަށް ތާވަލް ކޮށްފައިވަނީ މާދަމާއެވެ.
މާލެ ސިޓީގެ ކައުންސިލްގެ ގޮނޑިތައް ބެހިފައިވާގޮތަށް ބަލާއިރު، މާލެ ސިޓީން ޕީޕީއެމްއަށް 13 ގޮނޑި ލިބިފައިވެއެވެ. އަދި އެމްޑީޕީއަށް ލިބިފައި ވަނީ މާލެ ސިޓީގެ 6 ގޮނޑި އެވެ. އެހެންކަމުން ޑެޕިއުޓީ މޭޔަރަަކަށް އައްޔަން ކުރާނީ ޕީޕީއެމްގެ ކައުންސިލަރެކެވެ.