ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް އެއްވަރުއިރު ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެތުލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. 

ރަށުން ބޭރުގައި ވިޔަރެއާލްއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލްއިންނެވެ. މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ޖަހައިދިނީ މަރިއާނޯ ޑިއާޒްއެވެ. ވިޔަރެއާލްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޖެރާޑް މޮރޭނޯއެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. 

އެތުލެޓިކޯ މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ބާސާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެޑާޑާއި ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައެވެ. މި މެޗުގައި އެތުލެޓިކޯއިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ޖަހައިދިނީ ޔަނިކް ކަރަސްކޯއެވެ. މިއީ ލަލީގާގައި ބާސެލޯނާގެ މައްޗަށް އެތުލެޓިކޯގެ ކޯޗެއްގެ ގޮތުގައި ޑިއޭގޯ ސިމިއޯނޭ ކުރި ހޯދި ފުރަތަމަ ފަހަރެވެ. 

ކުޅުނު 9 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ސޮސިއެޑާޑެވެ. އެޓީމަށް ވުރެ އެއް މެޗުން މަދުން ކުޅެގެން ހަމަ 20 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އެތުލެޓިކޯއެވެ. ތިންވަނަ 10 މެޗުން 19 ޕޮއިންޓާއެކު ވިޔަރެއާލްއަށް ލިބޭއިރު ހަތަރުވަނަ 17 ޕޮއިންޓާއެކު ލިބެނީ ރެއާލް މެޑްރިޑަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.