ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން އިއްޔެ މަރުވީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ 8:49 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 206 ވަނަ މީހާއެވެ.
Tonight at 08:49 pm (19/06/21) a 75-year-old Maldivian male admitted at HMF has passed away
This is the 206th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
— Health Protection Agency (@HPA_MV) June 19, 2021
ރާއްޖޭގައި ކޮވިޑް ބަލީގައި ޖުމްލަ 206 މީހަކު މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބީ ޖުމްލަ 5403 މީހެކެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 46 މީހަކަށެވެ.