ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ދަނީ ކުރަމުން

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތް ކުރަން ފަށާފައި ވާ ކަމަށާއި، މިހާރު ކުރިޔަށް ދަނީ ޓާމިނަލް ގްރައުންޑްގެ ލެވެލިންގެ މަސައްކަތް ކަމަށެވެ.

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރާ ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނެނީ 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓަރމިނަލްއަކާއި، ޓެކްސީވޭއަކާއި، ފްލައިޓް ޕާކުކުރާ އޭޕްރަންގެ މަސައްކަތެވެ.

މި މަޝްރޫއުއަކީ ޖުމލްަ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވާއިރު، މިދިޔަ ޖެނުއަރީ 1 ވަނަ ދުވަހު މޮބިލައިޒް ކުރި މި އެއަރޕޯޓްގެ މަޝްރޫއު އަންނަ ނޮވެމްބަރު މަހު 11 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.