އައްޑޫ ސިޓީ ހުޅުދޫ -

އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ މޮނިޓަރިންގެ ހާލަތު މިއަދު އުވާލައިފި އެވެ.

އައްޑޫ ސިޓީގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަވަށް މޮނިޓަރިންނަށްލީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.

އެ ތާރީހަށް ދެ މަސް ދުވަސްވާން ކައިރިވެފައިވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ ދެ އަވަށް އިިތުރަށް މޮނިޓަރިންގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފަ އެވެ. އެއާއެކު މޮނިޓޓަރިންގެ ހާލަތު ވަނީ އުވާލައިފަ އެވެ.

އެހެން ނަމަވެސް އައްޑޫ ސިޓީގެ އެހެން އަވަށްތައް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. ހުޅުދޫ އާއި މީދޫގެ މޮނިޓަރިން އުވާލާފައި މިވަނީ އެ ދެ އަވަށުގައި ކޮވިޑް ކޭސްއެއް ނުފެނުނު ނަމަވެސް ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

އައްޑޫގައި އެއް ފަސްގަނޑަކަށް އޮންނަ ހުޅުދޫ އާއި މީދޫގައި ކޮވިޑް ޖެހުނު އެންމެން މިހާރު ވަނީ ބަލިން ފަސޭހަވެފަ އެވެ. އެހެންކަމުން އެކްޓިވް ކޭސްއެއް ނެތި އެ ދެ އަވަށް މޮނިޓަރިންގައި ބާއްވާ ކާފިއު ހިންގަމުންދާތީ ގިނަ ބަޔަކު ގެންދިޔައީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

އައްޑޫ ސިޓީގައި 403 މީހަކަށް ވަނީ ކޮވިޑް-19 ބަލި ޖެހިފައެވެ. އޭގެ ތެރެއިން 304 މީހަކު ވަނީ ކޮވިޑް ބަލިން ފަސޭހަވެފައި އެވެ. މި ވަގުތު އައްޑޫ ސިޓީގައި ބަލި ތަހައްމަލު ކުރަމުންދާ ތިބީ 97 މީހަކެވެ. އަދި ހޮސްޕިޓަލުގައި އެކަކަށް ފަރުވާ ދެމުންދާއިރު މި ބަލީގައި އައްޑޫ ސިޓީން ދެ މީހަކު ވަނީ މަރުވެފައި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.