އޭނާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށް ވިދާޅުވެ، ޝިއުނާގެ އިސްތިއުފާއަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާ ގޮވާލައްވައިފި އެވެ.

ޝިއުނާގެ އިސްތިއުފާއަށް މަހްލޫފް ގޮވާލެއްވީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލައިގެ ކަންކަން ފުރިހަމަކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އޭސީސީއަށް އެންގުމުންނެވެ. މައްސަލާގައި ދައުވާކުރުމަށް އޭސީސީން ފޮނުވިއިރު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާކަން ޕީޖީން، އޭސީސީއަށް ފޮނުވި ސިޓީން ހާމަވެއެވެ. އޭގެއިތުރަށް ދައުވާކުރަން ފޮނުވިއިރު، އަވަސް އަރުވާލުމަށްފަހު ފޮނުވާފައިވަނީ ބައެއް ލިޔުންތައްވެސް މަދުކޮށެވެ.

އެކަމާއި ގުޅިގެން މިނިސްޓަރ މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މައްސަލަ ފޮނުވުމުން އޭސީސީން ބޮޑު ބަޔާނެއް ނެރުމަށްފަހު، މައްސަލަ އަނބުރާ ފޮނުވާލުމުން އެ ކޮމިޝަން އޮތީ ހަނު ކަމަށެވެ. އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަނަކަން ފުރިހަމަ ނުކޮށް، މިއީ ކުޅޭ ކުޅިވަރަކަށް ނެހެދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި އޭނާއަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫނެވެ. އަދި ކަން ކުރަން ނޭނގޭނަމަ އެންމެ ރަނގަޅީ އިސްތިއުފާ ދެއްވުން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

 

އޭސީސީގެ ރައީސްކަމަށް ޝިއުނާ ވަޑައިގެންނެވިފަހުން ގިނަ މައްސަލަތަކެއް އަނބުރާ ޕީޖީއަށް ފޮޮނުވާލަންޖެހެ އެވެ. އެގޮތުން ވެންޓިލޭޓަރު މައްސަލާގައިވެސް އޭސީސީން ކަންކުރިގޮތުން ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، އެގެތެރެއަށް މަޖިލިސްވެސް ވަންނަން ޖެހުނު އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ އެމްއެމްޕީއާރުސީގ ހިޔާނާތުގެ މައްސަލާގަ އެވެ. އެގޮތުން މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާ ކަން އެނގޭ ކަމަށް އޭސީސީއިން ހާމަކޮށްފައިވެއެވެ.

މަހްލޫފް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އެގޮތުން މަހްލޫފް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން އެންމެ އިސްވެރިންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭސީސީން މައްސަލާގައި ދައުވާކުރުމަށް، ޕީޖީއަށް ފޮނުވުމާއި ގުޅިގެން މިނިސްޓަރުކަމުން މަހްލޫފް ވަނީ އެކަހެރިކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.