ރޮޑްރިގޭޒްގެ ލަނޑަށްފަހު އާޖެންޓީނާ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ކޮޕާ އެމެރިކާ / ޓުވިޓަރ

ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ރޮޑްރިގޭޒް ކާމިޔާބުކުރި ހަމައެކަނި ލަނޑުން އުރުގުއޭގެ މައްޗަށް 0-1 ގެ ނަތީޖާއިން އާޖެންޓީނާ ކުރިހޯދައިފިއެވެ.

ގްރޫޕް ބީގައި ހިމެނޭ އާޖެންޓީނާ އަދި އުރުގުއޭ ބައްދަލުކުރި މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އާޖެންޓީނާ އިންނެވެ. އެގޮތުން އެޓީމުން ވަނީ އުރުގުއޭގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

މެޗުގައި އާޖެންޓީނާއިން ލީޑު ނެގީ 13 ވަނަ މިނެޓުގައެވެ. މި ލަނޑު ކެޕްޓަން ލިއޮނެލް މެސީ ނަގައިދިން ހުރަހަކުން ރެއާލް ބެޓިސްއަށް ކުޅެމުން އަންނަ ރޮޑްރިގޭޒް ގޯލު ތެރެއަށް ފޮނުވާލީ ބޮލުންނެވެ.

މި ލަނޑާއެކު، އުރުގުއޭ އިން ކުރިޔަށް ޖެހި ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން އެޓީމުން ވަނީ މުޅި މެޗުގައިވެސް އާޖެންޓީނާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފެއްދުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ނަމަވެސް، މެޗު ނިމިފައިވަނީ އާޖެންޓީނާގެ ގޯލު ފޫއަޅުވާލަން އުރުގުއޭ ނުކުޅެދި، މެޗުން އާޖެންޓީނާ 3 ޕޮއިންޓް ހޯދައިގެން ޖުމްލަ 4 ޕޮއިންޓާއެކު ގްރޫޮޕްގެ އެއްވަނަ މަގާމު ދިފާއުކޮށްގެންނެވެ.

އާޖެންޓީނާ އަދި އުރުގުއޭ ހިމެނޭ ގްރޫޕްގައި ޗިލީވެސް 4 ޕޮއިންޓް ހޯދާފައިވާއިރު، މި ގްރޫޕްގައި

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.