އިތުރު ހިދުމަތްތަކެއް ހިމަނައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް އެޕްލިކޭޝަން ބަދަލުކޮށްލައިފި އެވެ.
މޯބައިލް އެޕްލިކޭޝަނަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ، އިންޓަނެޓް ބޭންކިންގ އިން ލިބޭ ގިނަ ހިދުމަތްތަކެއް މިހާރު މޯބައިލް އެޕްލިކޭޝަނުން ލިބެ އެވެ. އެގޮތުން ލޯނަށް އެދުމާއި، އެކައުންޓުގެ މައުލޫމާތު ބަދަލުކުރުން ފަދަ ހިދުމަތްތައް މިހާރު މޯބައިލް އެޕްލިކޭޝަނުންވެސް ލިބެ އެވެ.
މޯބައިލް އެޕްލިކޭޝަނުން ލިބޭ ހިދުމަތްތައް:
- އައު އެކައުންޓް ހުޅުވުމަށް ހުށަހެޅުން
- ކްރެޑިޓް ކާޑަށް ހުށަހެޅުން
- ޑެބިޓް ކާޑަށް ހުށަހެޅުން
- ލުއި އެކްސްޕްރެސް ލޯނަށް އެދި ހުށަހެޅުން
- މައިކްރޯ ލޯނަށް އެދި ހުށަހެޅުން
- އަމިއްލަ މައުލޫމާތު އަޕްޑޭޓްކުރުމަށް ހުށަހެޅުން
- ކާޑް އެކްޓިވޭޓް ކުރުމާއި، ފްރީޒްކުރުން އަދި ކާޑު ބްލޮކްކުރުން
- ކާޑުގެ ޕިން ބަދަލުކުރުން
އޭގެއިތުރަށް އެޕްލިކޭޝަނުން މިހާރު އަމިއްލަ އެކައުންޓް ބޭނުންކުރުމަށްފަހު، ވިޔަފާރި އެކައުންޓަށް ވަގުތުން ބަދަލުކޮށްލެވެ އެވެ. އަދި ވިޔަފަރި އެކައުންޓް ގެންގުޅޭ ފަރާތްތަކަށްވެސް އިތުރު ހިދުމަތްތައް ލިބޭނެގޮތަށް އެޕްލިކޭޝަނަށް ބަދަލުތައް ގެނެސަފައިވެއެވެ.
ބީއެމްއެލުން ބުނިގޮތުގައި އައު އަޕްޑޭޓް ހިމެނޭ އެޕްލިކޭޝަން މިހާރު އެޕް ސްޓޯރާއި، ޕްލޭ ސްޓޯރުން ޑައުންލޯޑްކޮށްލެވޭނެ އެވެ.
ބޭންކުން ބުނީ އެންމެ ބޮޑު އަމާޒަކީ ހިދުމަތްތައް ޑިޖިޓަލްކޮށް، ލުއިފަސޭހަ ކަމާއެކު ހިދުމަތް ދިނުމަށާއި ކަސްޓަމަރުން ކޮންމެތާކު ހުރެގެންވެސް ބޭންކިން ހިދުމަތް ހޯދެނޭގޮތް މަގުފަހިކޮށްދިނުން ކަމަށެވެ.