އިންޑިއާގެ މަޝްހޫރު ދުވުންތެރިޔާ މިލްކާ ސިންގް -- ފޮޓޯ: ޓުވިޓަރ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އިންޑިއާގެ މަޝްހޫރު ދުވުންތެރިޔާ މިލްކާ ސިންގ މަރުވެއްޖެއެވެ.

އުމުރުން 91 އަހަރުގައި މިލްކާ މަރުވީ ކޮވިޑަށް ފަހުވާ ހޯދަމުން ދަނިކޮށް ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާގެ އަންހެނުން ނިރްމިލާ ވަނީ މީގެ ފަސް ދުވަސް ކުރިން ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިލްކާގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު (މިއަދު) ހަވީރެވެ.

ކޮވިޑަށް މިލްކާ ޕޮޒިޓިވްވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާގެ އޮކްސިޖަން ލެވެލް ދަށްވެ، ހާލު ދެރަވާން ފެށީ އޭގެ 10 ދުވަސް ފަހުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިލްކާ އަކީ ކޮމޮންވެލްތު ގޭމްސްގެ 400 މީޓަރު ދުވުން އިންޑިއާއަށް ފުރަތަމަ ރަން މެޑަލް ގެނެސްދިން އެތުލީޓު އެވެ. އޭނާ ވަނީ 1958 ވަނަ އަހަރު 200 މީޓަރު އަދި 400 މީޓަރު ދުވުމުން ޓޯކްޔޯ އޭޝިއަން ގޭމްސްގައި ރަން މެޑަލް ހޯދާފައެވެ.

އޮލިމްޕިކް ގޭމްސްގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި މިލްކާ ވާދަކުރި ނަމަވެސް، އެ ގޭމްސްއިން އޭނާއަށް ލިބިފައިވަނީ 4 ވަނައެވެ. އޭނާގެ ދުވުމުގެ ކެރިޔަރު ނިންމާލުމަށްފަހު ހަރަކާތްތެރިވެފައި ވަނީ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެއްގެ މަގާމުގައެވެ.

މިލްކާގެ ހަޔާތަށް ބިނާކޮށް، ހިންދީ ފިލްމެއް ނެރެފައިވާއިރު، ހިޓަކަށްވި އެ ފިލްމަކީ އަދިވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު އަދި ހިތްވަރު ލިބިގަންނަން މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ ފިލްމެކެވެ.

މިލްކާގެ މަރާއެކު، އިންޑިއާގެ އެތައް ބަޔަކު އަންނަނީ ހިތާމަ ފާޅުކޮށް، މިލްކާގެ ކާމިޔާބީތަކުގެ ހަނދާން އާކޮށް، އޭނާގެ ހުނަރުވެރި ކަމަށާއި، ހިތްވަރުގެ ވާހަކަ ދައްކައި އާއިލާއަށް ކެތްތެރިކަމަށް އެދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.