ލ. ކަޅައިދޫގައި ގާއިމްކުރާ ޔޫތު ސްކިލްސް ޑިވެލޮޕްމަންޓް ސެންޓަރުގެ ސަރަހައްދަށް ނައިބް ރައީސް ފައިސަލް ނަސީމް ޒިޔާރަތްކުރައްވައިފިއެވެ. 

މިއަދު ހެނދުނު އެމަނިކުފާނު ލ. އަތޮޅަށް ވަޑައިގެންނެވިއިރު ކަޅައިދޫއަށް ވަޑައިގެން މި ސަރަހައްދަށް އެމަނިކުފާނު ޒިޔާރަތްކުރެއްވީ މިއަދު މެންދުރުފަހުއެވެ. އެ ސަރަހައްދަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ސަރަހައްދު ބައްލަވާލައްވައި އެ މަސައްކަތުގެ ޕްލޭންތައް އޮޅުންފިލުއްވާފައެވެ. 

އެމަނިކުފާނާއެކު މި ސަރަހައްދު ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ސެންޓަރު ކަޅައިދޫގައި ގާއިމްކުރެވިގެންދިޔުމާއެކު މެދު ރާއްޖެތެރޭގައި ހިމެނޭ އަތޮޅުތަކުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ. އަދި ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް އެކި ދާއިރާތަކުގެ ވަޒީފާތަކަށް ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދެވޭނެއެވެ. މި ސަރުކާރުން އަންނަނީ ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހެދުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.