ޚަބަރު
އިންޑިއާއިން ފިޔާ ބޭރުކުރުން މަނާކޮށްފި

ދުނިޔޭގެ އެންމެ ގިނައިން ފިޔާ ހައްދާ ގައުމުކަމަށްވާ އިންޑިއާއިން ފިޔާ ބޭރުކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

އިންޑިއާއިން ފިޔާ ބޭރުކުރުން މާނާކޮށްފައިވަނީ މިއަންނަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށެވެ. އިންޑިއާއިން ވަނީ ހަނޑުލާއި ބާސްމަތީ ނޫން ހުދު ބަތް އެކްސްޕޯޓް ކުރުންވެސް މަނާކޮށްފައެވެ. އެގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އާ ހަވާލާ ދީ ބައެއް ނޫސްތަކުން ބުނެފައި ވަނީ، ކާނާގެ ބައެއް ބާވަތްތައް ބޭރުކުރަން ހުއްޓާލަން އެޅި ފިޔަވަޅަކީ، ލޮކްސަބާ އިންތިހާބާ ގުޅިގެން އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އިންޑިއާއަކީ ދިވެހި ރާއްޖެއަށްވެސް އެންމެ ގިނައިން ފިޔައި އެތެރެކުރާ ގައުމެވެ. އަދި މީގެ ކުރިން އެގައުމަށް ކުރާ ތޫފާނީ ވިއްސާރައިގެ އަސަރުންވެސް ރާއްޖޭގައި ބޮޑުތަނުން ފިޔައިގެ އަގު އުފުލޭކަން ފާހަގަވެފައިވެއެވެ. އިންޑިއާއިން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ މާކެޓަށް އަންނާނެ ބަދަލު ސީދާ ބުނަން އަދި ނޭޭނގެއެވެ.

އިންޑީޔާއާއި ޖެހިގެން ދެން ދުނިޔޭގެ އެންމެ ގިނައިން ފިޔާ އުފައްދާ ގައުމަކީ ޗައިނާއެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top