ކޮވިޑުގައި މަރުވި މީހަކު ވަޅުލުމުގެ ތެރެއިން -- ފޮޓޯ: ހަފްތާ

ކޮވިޑް-19 ޖެހިގެން ލ.އަތޮޅޫ މެޑިކަލް ފެސިލިޓީއިން މަރުވި މީހާއެކު ރާއްޖެއިން ކޮޗިޑް ބަލީގައި މަރުވި މީހުންގެ އަދަދު 203 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މިރޭ 19:06 ގައި އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ލ. އަތޮޅު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށް ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 203 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި ޖުމްލަ 201 މީހަކު މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބީ ޖުމްލަ 6930 މީހެކެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 67 މީހަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *