އޮލިމްޕިކްސް ގޭމްްސްއާ ދިމާކޮށް، ޖަޕާނުގައި ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އޮލިމްޕިކްސް ގޭމްސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ. ގޭމްސް ފެށުމަށް މަސް ދުވަހަކަށް ވެފައިވަނިކޮށް ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ވެރިރަށް ޓޯކިޔޯގައި އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވެއެވެ.

ޖަޕާން ސަރުކާރުން ނިންމާފަައިވަނީ ޓޯކްޔޯއާއިއެކު އިތުރު 8 ސިޓީއެއްގައި ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށެވެ. ނަމަވެސް އޮކިނަވާގައި ފިޔަވަޅުތަށް ދެމެހެއްޓުމަށް އެ ޤައުމުގެ ސަރުކާރުގެ ނިންމުމުގައިވެއެވެ.

ޖަޕާނުގެ އެކިކަންކޮޅުތަކުގައި ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދު އަންނަނީ މެއި މަހުގެ މެދުން ފެށިގެން ދައްވަމުން. ހޮސްޕިޓަލް ބެޑް ކެޕޭސިޓީވެސް އަންނަނީ ރަގަޅުވަމުން.

ލުއިތަކާއެކުވެސް ކުޅިވަރުތައް ބަލަން ވަދެވޭނީ  ވަކި އަދަދަކަށެވެ. އަދި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ބައެއް އެހެން ފިޔަވަޅުތައް އަޅާފައިވެއެވެ. އަދި ކޮވިޑް ފެތުރުން ކޮންޓްރޯލުކުރުމަށް އެޅިފައިހުރި ފިޔަވަޅުތަށް ލުއި ކުރުމަށް ހަމަޖެހުނު ކަމުގައި ވީނަމަވެސް ޖަޕާން ސަރުކާރުން ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހާއި ހަމަޔަށް "ކުއާސީ އެމަޖެންސީ" ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރިންވެސް ލަސްކުރިވިފައިވާ އޮލިމްޕިކް ކުޅިވަރުތަށް ފެށުމަށް 5 ހަފްތާއަށް ވެފައިވާއިރު، މިފަދަ ބޮޑެތި އިވެންޓުތައް ބެލުމަށް ވަދެވޭ މީހުންގެ އަދަދުތައް ކޮންޓްރޯލުކުރެއެވެ. އެގޮތުން މިވަގުތު އެޅިފައިވާ ފިޔަވަޅުތަކާއެކު ސްޓޭޑިއަމްތަކަށް މުބާރަތްތައް ބެލުމަށްޓަކައި ވަދެވެނީ 5،000 މީހުންނަށް ނުވަތަ ސްޓޭޑިއަމްގެ ޖާގައިގެ %50 އިންސައްތައިގެ ތެރެއިން މަދު އަދަދަކަށެވެ. އެހެންނަމަވެސް ކުޅިވަރުތަކާ ދިމާކޮށް މިއަދަދު 10،000 އަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

މިފަހަރަުގެ އޮލިމްޕިކް ކުޅިވަރުތަށް ބެލުމަށް ބޭރު ގައުމުތަކުން ސަޕޯޓަރުން އައުން ވަނީ ޖަޕާނު ސަރުކާރުން މަނާކޮށްފައެވެ. މިކަމާގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުމާއި ނުރުހުން ހުރިއިރު، ޖަޕާނުގެ ރައްޔިތުންގެ ތެރެއިން މުބާރާތްތައް ބެލުމަށް ސަޕޯޓަރުން ވެއްދުމާއިމެދު ވަކި ގޮތެއް އޮލިމްޕިކް ކޮމިޓީއިން އަދި ނިންމާފައެއް ނުވެއެވެ.

އޮލިމްޕިކްސް ކުޅިވަރުތަށް ފެށުމާއި ގާތްވަމުން އަންނައިރު އޮލިމްޕިކް ކޮމިޓީއިން ނެރެފައިވާ އާ ވައިރަސް ރޫލް ބުކްގައި ވާގޮރުން މުބާރާތްތަކުގައި ވާދަކުރާ އެތްލީޓުން މާސްކް އެޅުޟާއި ކޮންމެ ދުވަހަކު ކޮވިޑާށް ޓެސްޓުކުރުން ފަދަ ގަވާއިދުތަކާ ހިލާފުވެއްޖެނަމަ ކުޅިވަރުތަކުގައި ބައިވެރިނުވެވޭގޮތަށް އެކްސްޕެލް ކޮށްލެވޭނެ ކަމަށެވެ.

ކުޅިވަރުތަކަށް ތައްޔާރުވަމުން އަންނަ އެތްލީޓުންގެ ތެރެއިން %80 އިންސައްތަ އެތްލީޓުން މިހާރުވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ލުއިތައް ދިން ސިޓީތަކުގައި ރެސްޓޯރެންޓުތަކުގައި 7 ޖަހަންދެން ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ އެވެ. ނަމަވެސް ރޭގަނޑު 8 ޖަހާއިރަށް ބަންދުކުރަން ޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *