ޔޫރޯ 2020 ގެ ގްރޫޕް އީގައި ސްލޮވާކިއާ އަދި ސްވިޑެން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މި މެޗާއި ކުރިމަތިލިއިރު ފުރަތަމަ މެޗުން ޕޮލެންޑް ބަލިކުރުމަށްފަހު ސްލޮވާކިއާ އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. އަދި ސްވިޑެން އޮތީ ސްޕެއިން އާ އެއްވަރުވެ އެއް ޕޮއިންޓްގައެވެ. މި މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ސްލޮވާކިއާ އަށް އޮތެވެ. މިއީ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއްގައި މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ގޯލާއި އަމާޒުކޮށް ހަމައެކަނި ހަމަލާއެއް ފޮނުވާލެވުނީ ސްވިޑެންގެ ކެޕްޓަން ސެބެސްޓިއަން ލާސަންއަށެވެ. ދެވަނަ ހާފުގައި ސްވިޑެންއިން ކުޅުން އިތުރަށް ވަރުގަދަކޮށް ހަމަލާ ގިނަކޮށްފައިވެއެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ އެމިލް ފޯރސްބާގްއެވެ.

މި ގްރޫޕްގެ ދެ އޮތް މެޗުގައި މާދަމާ ރޭ ކުޅޭނީ ސްޕެއިން އަދި ޕޮލެންޑްއެވެ. ޕޮލެންޑް އޮތީ ކުޅުނު ފުރަތަމަ މެޗުން ބަލިވެ ގްރޫޕްގެ ފުލުގައެވެ. މިވަގުތު ގްރޫޕްގެ އެއްވަނާގައި ހަތަރު ޕޮއިންޓާއެކު ސްވިޑެން އޮތްއިރު ދެވަނަ ތިން ޕޮއިންޓާއެކު ލިބެނީ ސްލޮވާކިއާ އަށެވެ. އަދި ތިންވަނަ އެއް ޕޮއިންޓާއެކު ލިބެނީ ސްޕެއިންއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.