ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް 142 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 3،520 ސާމްޕަލް ނަގާފައިވެ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 51 ކޭސް
  • އަތޮޅުތެރެއިން - 88 ކޭސް
  • ރިޒޯޓުތަކުން - 2 ކޭސް
  • ސަފާރީތަކުން - 1 ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 6،106 އަށް ދައްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 53 އަށް ދައްވެފައެވެ.

މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 71،498 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 65،178 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 203 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ. އެހެންނަމަވެސް އަދަދުތައް ދައްވަމުން އައުމާއި ގުޅިގެން ފިޔަވަޅުތަކަށް ލުއިދިންކަމުގައިވީނަމަވެސް ގިނަ ފިޔަވަޅުތައް ދަްމަހައްޓާފައިވެއެވެ. އެގޮތުން، ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ފަތިހު 04:00 ކާފިއުގެ ހިންގާއިރު އަދިވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.