ވެލާނާގެ. ސަރުކާރު ގިނަ އޮފީސްތައް ހުންގަމުންދާ އިމާރާތެއް | ފޮޓޯ: ސަން.އެމްވީ

މާލީ ޒިންމާދާރުވެރިންގެ ޒިންމާ ހަވާލުކުރެވޭ ފަރާތްތަކަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށާއި، މާލިއްޔަތާއި ގުޅޭ އެހެނިހެން ކަންކަމަށް އަހުލުވެރި ފަރާތެއްތޯ ކަށަވަރުކުރުމަށް އިމްތިހާނެއް ހެދަންޖެހޭގޮތަށް ފިނޭންސް މިނިސްޓްރީން ލާޒިމްކޮށްފިި އެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުނު މާލީ ސަރކިއުލާގައި ބުނެފައިވަނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންގެންދާކަމަށެވެ. އެގޮތުން މާލީ ޒިންމާދާރުވެރިންގެ ޒިންމާ ހަވާލުކުރެވޭ ފަރާތްތަކަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، އެ ގަވައިދުގެ ދަށުން ހެދޭ އުސޫލުތައް އަދި މާލީކަންކަން ކުރިއަށް ގެންދެވޭ ގޮތްތައް އެނގި އޮޅުންފިލާފައިވާ ފަރާތްތަކަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ސަރކިއުލަގައިވެއެވެ.

ފިނޭންސުން ބުނިގޮތުގައި މާލީ ޒިންމާދާރު ވެރިން އަންޔަންކުރުމުގެ ކުރިން މި މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރަންޖެހޭނެ އެވެ. އަދި ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަންކުރާފަރާތަކީ މި އިމްތިހާނުތައް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ ފަރާތްތަކެއްކަމުގައި ކޮންމެހެން ވުން ލާޒިމްކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންްސް މިނިސްޓްރީން ބުނީ ދައުލަތުގެ އިދާރާތަކުގައި ތިއްބެވި މާލީ ޒިންމާދާރު ވެރިންނަށް މި އިމްތިހާނުތައް ފުރިހަމަކުރެވޭނެގޮތް ހެދުމަށް މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ. އަދި މިކަމާގުޅޭ މަޢުލޫމާތު އޮފީސްތަކާ ހިއްސާކުރަމުންގެންދެވޭނެކަމަށެވެ.

ވީމާ، މިހާރު މާލީ ޒިންމާދާރުވެރިންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން މި އިމްތިހާނު 22 އޮގަސްޓު 2021 ގެ ކުރިން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވާކަން އޮފީސްތަކުން ކަށަވަރު ކުރެއްވުމަށް ދަންނަވަމެވެ.

ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ބުނެފައިވާގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 2.06 ވަނަ މާއްދާގެ ދަށުން މާލީ ކަންކަމާއި ބެހޭ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ތެރެއިން މި އިމްތިހާނު ފުރިހަމަކުރަންޖެހޭ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތައް 01 އޮކްޓޫބަރު 2021 ގެ ކުރިންއިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖެއްސުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.