އީރާންގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ކުރިޔަށްދާ ރިޔާސީ އިންތިހާބުގައި ހަތަރު ކެންޑިޑޭޓަކު އަންނަނީ ވާދަކުރަމުންނެވެ. ހިޔާލު ހޯދުމުގެ ނަތީޖާތައް ދައްކާގޮތުން މި އިންތިހާބު ކާމިޔާބުކުރައްވާނީ ޝަރުއީ ދާއިރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ކަނާތު ފިޔައިގެ ޝިއީ އިލްމުވެރިޔެއް ކަމަށްވާ އިބްރާހިމް ރައިސީއެވެ. އޭނާ އަކީ އެގައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޚާމަނައީގެ އަރިސް ބޭފުޅެކެވެ.

މި އިންތިހާބުގައި ރައިސީގެ ވާދަވެރިންނަށް ވާދަކުރުމުގެ ފުރުސަތު އެކި ފިއްތުންތައް ކުރިމަތިކޮށް އޮތީ ހަނިކޮށްފައެވެ. މިކަމާއި ގުޅިގެން އެގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ އިންތިހާބު ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ މިންވަރު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ޚާމަނައީ ވަނީ ހުކުރު ދުވަހުގެ ހެނދުނު ވޯޓުލައްވާފައެވެ. ވޯޓުލުމަށްފަހު ޚާމަނައީ ވަނީ ކޮންމެ ވޯޓަކީ ވެސް މުހިންމު ވޯޓެއް ކަމަށް ވިދާޅުވެ ވޯޓުލުމަށް ނުކުތުމަށް ގޮވާލައްވާފައެވެ. އަދި މިއީ ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި މުހިންމު ކަމެއް ކަމަށް ވެސް ޚާމަނާއީ ވިދާޅުވިއެވެ.

މިހާރު ރައީސް ހަސަން ރޫހާނީ މިފަހަރުގެ އިންތިހާބުގައި ވާދަނުކުރައްވަނީ އޭނާ ދެ ދައުރު ފުރިހަމަކުރައްވާފައިވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.