ވ. ފުލިދޫގައި ލޯންޗެއް ގޮވާ، މީހަކަށް އަނިޔާވެއްޖެއެވެ.

ހެނދުނު ހިނގާދިޔަ މި ހާދިސާގައި އަނިޔާވީ އެ ލޯންޗުގެ ފަޅުވެރިއަކަށެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް މިހާރު މާލެ ގެނެސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ލޯންޗު ގޮވީ ފަތުރުވެރިން ގޮވައިގެން ދަތުރަކު ދިއުމަށް ތައްޔާރުވަމުންދަނިކޮށެވެ. އަދި މި ހާދިސާ ހިނގާދިޔައީ ލޯންޗަށް ޕެޓްރޯލް އެޅުމަށްފަހު، ސްޓަރޓް ކުރި ވަގުތު އެވެ. އޭރު އެ ލޯންޗުގައި ތިބީ ފަޅުވެރިޔާ އާއެކު ފަސް ފަތުރުވެރިންނެވެ.

އަދި އެ ފަތުރުވެރިން ވަނީ އެވަގުތު ފުލިދޫގެ ހެލްތު ސެންޓަރުގައި ފަރުވާދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.