ކޮވިޑުގައި މަރުވި މީހެއްގެ ޖަނާޒާ ހުޅުމާލެ ސަހަރާގައި ކުރިޔަށް ދަނީ - ފޮޓޯ: ހަފްތާ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން ރޭ 02:05 ގައި އުމުރުން 68 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 202 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި ޖުމްލަ 201 މީހަކު މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބީ ޖުމްލަ 6930 މީހެކެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 67 މީހަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.