ރާއްޖޭގައި ހައްދާ ތަރުކާރީއާއި މޭވާ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

މިފްކޯ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމްޕްލެކްސްއަށް މޭވާއާއި ތަރުކާރީ، އެއް އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. މިފްކޯ އިން ބުނީ ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދޭން ޖެހޭނީ އަމިއްލަ ދަތުރުގައި، މަދުވެގެން ހަފްތާއަކު އެއްފަހަރު ކަމަށެވެ.

އެ ކުންފުނިން ބުނީ އެންމެ ހެޔޮ އަގު ހުށަހަޅާ ފަރާތަށް 65 ޕޮއިންޓް ލިބޭނެ ކަމަށާއި އެންމެ ގިނަ އައިޓަމް ސަޕްލައި ކޮށްދެވޭނެ ފަރާތަކަށް 20 ޕޮއިންޓް، އަދި ތަޖްރިބާއަށް 15 ޕޮއިންޓް ލިބޭނެ ކަމަށެވެ.

މިފްކޯއިން އިން ވަނީ އެ ކަމަށް އެދޭ ފަރާތްތަކުން ސަޕްލައި ކޮށްދެވިދާނެ އައިޓަމް ލިސްޓާއި އަގު، އަދި އެ ދާއިރާއިން ލިބިފައިވާ ތަޖްރިބާ އެގޭނޭ ގޮތަށް، މި މަހުގެ 30 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހަޅަން އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.