ރޯމަސް މާރުކޭޓް

މާލޭ މަސްމާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކަށް އައިސް ވިއްކުމުގެ ޚިދުމަތް ފޮރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

އިއްޔެ މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އައިސް ވިއްކުމުގެ ޚިދުމަތް ފޮރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށް، ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ފަރާތްތަކުން ހުށައަޅާ ޕްރޮޕޯސަލްގައި އައިސް ވިއްކާ ފަރާތުން މަސްމާރުކޭޓް ތެރެއިން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސުމާއި މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އެންމެ ކުޑަ އަގު ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި މެދުނުކެނޑި ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އިންތިޒާމް އެއް ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށެވެ.

އައިސް ވިއްކުމުގެ އިންތިޒާމް ރާވާ ހިންގާނެ ގޮތުގެ ތަފުސީލް ހިމެނޭ ޕްރޮޕޯސަލްތައް މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭ ބަޔަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.