ރާއްޖޭގެ ފަސް ރަށެއްގައި ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާނެ އިންވެސްޓަރުން ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައިވާގޮތުން މި މަމަޝްރޫއަކީ ދިވެހި ސަރުކާރުން ވާރލްޑް ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ޑިޒައިން، ބިލްޑް، ފިނޭންސް، އޯންއޮޕެރޭޓް، ޓްރާންސްފަރ އުސޫލުންނެވެ.
މި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ރަށްތަކަކީ ލ. އަތޮޅު، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ށ. ފުނަދޫ އެވެ. އިއުލާންގައިވާގޮތުން މަޝްރޫއުގެ ދަށުން 11 އިން 14 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ފިނޭންސްގެ އިއުލާންގައިވާގޮތުން މި މަސައްކަތަށް ޕްރީކޮލިފައި ކުރުމުގައި ޢަމަލުކުރާނީ "ވޯރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ދަށުންނެވެ.