ބުދަ ދުވަހު 218 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖޭގައި 4247 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 218 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 86 ކޭސް
- އަތޮޅުތެރެއިން - 116 ކޭސް
- ރިސޯޓުތަކުން - 13 ކޭސް
- ހަދަމުންދާ ރިސޯޓްތައް - 3 ކޭސް
✳️ COVID-19 : Case Updates pic.twitter.com/V9DkEMvYNU
— Health Protection Agency (@HPA_MV) June 17, 2021
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 6930 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 67 އަށް ދަށްވެފައެވެ.
މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 71356 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 64214 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 201 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.