ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: ދުވަސް

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު މަރުވީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 5:44 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 201 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި ޖުމްލަ 201 މީހަކު މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބީ ޖުމްލަ 7747 މީހެކެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 67 މީހަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.