ސީލައިފްގެ އެމްޑީ އައްމަޓީ

ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގައިގެން ފިލައިގެން އުޅެނިކޮށް ލަންކާއިން ހައްޔަރުކުރި ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

ޝަރުތުތަކާއި އެކު އައްމަޓީ ބަންދުން ދޫކޮލުމަށް ކްރިމިނަލް ކޯޓުން އަމުރުނެރުނީ މިއަދެވެ. ނަމަވެސް އެ ނިންމުމާމެދު ޕީޖީ އޮފީހުން ހިތްހަމަ ނުޖެހޭތީމ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީން ވަނީ ނިންމައިފައެވެ.

ސީލައިފްގެ ފަރާތުން 100 އަށް ވުރެ ގިނަ މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާ، ޚިޔާނާތްތެރިވި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އައްމަޓީގެ މައްޗަށް 42 ދައުވާ އުފުލާފައެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.

ރާއްޖެއިން އޭނާ ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެދިނުމަށް އިންޓަޕޯލްގައި އެދުނީ 2019 ވަނަ އަހަރު އެވެ. އަދި އޭނާ ހައްޔަރުކުރިކަން ފުލުހުންނަށް އެންގީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެ ފަހުން އޭނާ ހުރީ ބަންދުގައެވެ.

ސީލައިފްގެ ފަރާތުން 180 އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވެ އެވެ. ފައިސާ ނެގި އެކި ފަރާތްތަކާ އެގްރީމެންޓް ވެސް ކުރެވިފައި ވަނީ އެކި ގޮތްގޮތަކަށެވެ. ތިން ރޫމް އެޕާޓްމެންޓް ތިން މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކުރިއިރު އަނެއްބައި ފަރާތްތަކާ ތިން ރޫމް އެޕާޓްމެންޓް އެއް މިލިއަން ރުފިޔާ އަށް ވެސް ވިއްކުމަށް އެގްރީމެންޓް ހެދި އެވެ.

ސީލައިފް މައްސަލާގައި އެ ކުންފުނިން ފްލެޓް ގަތް 203 މީހަކު، ފައިސާ އަނބުރާ ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވެ އެވެ. ކޯޓުން ބޭރުގައި އެ މައްސަލަ ނިންމައި ބަދަލުގެ ގޮތުގައި 43 މިލިއަން ރުފިޔާ ދޭންް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީލައިފާ ހަވާލުކުރީ 2014 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *