ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ބައިވެރިވެވަޑައިގަންނަވަަނީ | ފޮޓޯ: އެޗްއީއޯސީ

ކޮވިޑް-19 އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ އިކޮނޮމިކް ސްޓިމިޔުލަސް ލޯނަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިދިޔަ މޭ މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ޕްރެސް ކޮންފަރެންސްގައި ވަނީ މިނިސްޓްރީ އޮފް ފައިނޭންސް މެދުވެރިކޮށް ބީއެމްއެލްއާއި ގުޅިގެން ކޮވިޑް ރިލީފް ލޯނުތައް ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އެޅިފައިވާ އައު ހަރުކަށި ފިޔަވަޅުތަކާއެކު ކުދި ވިޔަފާރިތަކަށް ދިމާވެދާނެ ދަތިތަކާއި ގެއްލުންތަކުން ސަލާމަތް ކޮށްދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ހާމަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް ކުދި ވިޔަފާރިތަކުގެ ދަތިތައް ހައްލު ކުރަން ލުއި ލޯނު ދޫކުރަން ފައްޓަވާނެ ކަމަށެވެ.

ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދިހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވާއިރު، މިއީ %6 ކުޑަ އިންޓަރެސްޓެއްގައި ދޫކުރެވޭ ލޯނެކެވެ.

ކޮވިޑް-19 އކޮނޮމިކް ސްޓިމުލަސް ލޯނަށް އެދި ފޯމު ހުށައެޅުން މިަމހުގެ 20 ވަނަ ދުހުވަހުން ފެށިގެން ހުޅުވާލެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް މިދިޔައަހަރުވެސް ކޮވިޑް ރިލީފް ލޯނު ސަރުކާރުން ދޫކޮށްފައިވާއިރު، 3،000 މުވައްޒަފުންނަށް ވުރެ މަދުން މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ހުރިހާ ވިޔަފާރިއަކަށްވެސް މިދިޔަ އަހަރު ވަނީ ލޯނު ދޫކޮށްފައެވެ.

 

 

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.