ޗައިނާާގެ ލޯނުތަކާ ގުޅޭ މައްސަލަތައް ހާމަ ކުރެއްވުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށާއި އެއީ އޭގެ ސަބަބުން ގައުމު ވެއްޓިގެންދާ އަނދަވަޅުގެ މަންޒަރު ފެންނާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ޗައިނާގެ ދަރަނީގެ ދަންތުރައިގެ ވާހަކަ އެންމެ ގަދައަށް ދައްކަވާ ބޭފުޅަކީ ރައީސް ނަޝީދެވެ. ރާއްޖެއަށް އިންޑިއާއިން ދީފައިވާ ގިނަ ލޯނުތައް އަންނަ އަހަރު ދައްކަން ފަށަން ޖެހެއެވެ. އެ ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް ރައީސް ނަޝީދު ގެންދަވަނީ ގޮވާލައްވަމުންނެވެ. 

ރައީސް ނަޝީދު މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންޑިއާއަށް އިނގިރޭސިވިލާތުން ވިޔަފާރިއަށް އައިސް ޖެހި ދިދަ އެތައް އަހަރެއްވަންދެން ހުރި ކަމަށެވެ. އެފަދަ މަންޒަރެއް ސިފަވާ ކަމުގެ އިޝާރާތް ރައީސް ނަޝީދު ކުރެއްވީ ޗައިނާއިން ރާއްޖެއާމެދު އަމަލު ކުރަމުންދާ ގޮތެވެ. 

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ ކަނޑުގެ މުހިންމުކަމާއި ގައުމުތަކުގެ ގުޅުންތައް އޮތް ގޮތާއި ސިޔާސީ މަޝްރަހު އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ޗައިނާގެ އަމާޒު ސާފުވެވަޑައިގަންނަވާ ކަމަށެވެ. އެ ވާހަކަތައް ދެއްކުމަށް އެމަނިކުފާނަށް ކިތަންމެ އުނދަގޫވި ނަމަވެސް އެކަމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ. ހުވާ ކުރައްވައިގެން ހުންނެވީ އެ ވާހަކަތައް ދެއްކުމަށް ކަަމަށް ވެސް ވިދާޅުވިއެވެ. 

ސަރުކާރުން މިހާރު ވެސް ގެންދަނީ ޗައިނާއާ މަޝްވަރާތައް ކުރަމުންނެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވިސްނުމާއި ސަރުކާރުގެ ވިސްނުން އެއްގޮތްވާން ނުޖެހޭ ކަމަށެވެ. އެމަނިކުފާނުގެ މަސައްކަތަކީ ސަރުކާރަށް ފާރަވެ ޖަވާބުދާރީކުރުވުން ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޗައިނާއާ ދެކޮޅުވެރިކަމެއް ނެތެވެ. ނަމަވެސް ޗައިނާގެ މައްސަލައަކީ ލޯނުތައް ރީސްޓްރަކްޗާނުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.