ރ.ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ރ. ދުވާފަރުގެ ބިންހިތްކުމާއި ގޮިނޑުދިށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން މިއަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ފަށާފައިވާއިރު ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ހާމަކޮށްފައިވެއެވެ. އަދި މިހާރު ކުރިޔަށް ދަނީ ދުވާފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަންވެސް އެމްޓީސީސީއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ހާމަކޮށްފައިވެއެވެ.
ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް 14 ޖޫން 2021 ވަނަ ދުވަހު ނިމިއްޖެ. އަދި މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް. މި މަޝްރޫޢަކީ 143.11 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects pic.twitter.com/x7AeTDgqwM
— MTCC Plc (@MTCCPlc) June 17, 2021
މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މިނިސްޓްރީ އޮފް ހައުސިންގ، ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާޓުން އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއުއަށް 143 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވެއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 445 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.