ސީލައިފް ކުންފުންޏަށް އެޕާރޓްމެންޓް ގަތުމަށް ލާރި ދެއްކި މީހުން ކުރި ޚަރަދުގެ ބަދަލުގެ ގޮތުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އެޗްޑީސީ) 48 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ޝާމް ވިދާޅުވީ އެ ޚިޔާނާތުގައި ގެއްލުން ލިބުނު 300 މީހަކަށް ބަދަލުގެ ގޮތުގައި 48 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ މެދުގައި ހެދިފައިވާ 'ޓްރައިޕާޓީ' އެގްރީމެންޓްގެ ދަށުން އެޕާޓްމެންޓް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

އޭރު ހެދިފައި އޮތް ޓްރައިޕާޓީ އެގްރީމެންޓް، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އޭގައި ކަނޑައެޅިފައިވާ އަގުތަކުގައި އެޕާޓްމެންޓްތަކެއް ހަމަޖެއްސޭނެ ގޮތްތަކެއް ބަލަމުން.

މި ސުވާލު ޝާމް އާއި ކުރެވުނީ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގައިގެން ފިލައިގެން އުޅެނިކޮށް ލަންކާއިން ހައްޔަރުކުރި ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރުތުތަކާއި އެކު ބަންދުން ދޫކޮލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާއި އެކުއެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އައްމަޓީގެ މައްޗަށް 42 ދައުވާ އުފުލާފައެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.

ސީލައިފް އިން ފައިސާ ނެގި އެކި ފަރާތްތަކާ އެކު ހެދިފައިވާ އެގްރީމެންޓްތައް ހުރީ އެކި ގޮތްގޮތަށެވެ. ތިން ރޫމް އެޕާޓްމެންޓް ތިން މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކުރިއިރު އަނެއްބައި ފަރާތްތަކާ ތިން ރޫމް އެޕާޓްމެންޓް އެއް މިލިއަން ރުފިޔާ އަށް ވެސް ވިއްކުމަށް އެގްރީމެންޓް ހެދި އެވެ.

ސީލައިފް މައްސަލާގައި އެ ކުންފުނިން ފްލެޓް ގަތް 203 މީހަކު، ފައިސާ އަނބުރާ ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވެ އެވެ. ކޯޓުން ބޭރުގައި އެ މައްސަލަ ނިންމައި ބަދަލުގެ ގޮތުގައި 43 މިލިއަން ރުފިޔާ ދޭންް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީލައިފާ ހަވާލުކުރީ 2014 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.