އިސްލާމް ދީން ބުނެދެނީ ލިބިފައިވާ އިލްމުގެ ބޭނުން ހިފުމަށްކަމަށް އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ އޯގަނައިޒޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސައިންސް އެންޑް ޓެކްނޮލޮޖީގެ ދެވަނަ ސަމިޓުގައި ތަގުރީރުކުރައްވަމުންނެވެ.

ސަމިޓުގައި ތަގުރީރުކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ދީން ބުނެފެނީ އިލްމުގެ ބޭނުން ހިފުމަށް ކަމަށާއި މިހާރު ގައުމުތަކުގައި ހުރި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ދަތިތަކުން އަރައިގަތުމަށް އިލްމާއި، ފަންނީ ލަފަޔާއި ވަސީލަތްތައް ގައުމުތަކުގެ މެދުގައި ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ޝައުނާ ވިދާޅުވީ ތައުލީމާއި ތިމާވެށީގެ އިތުރުން އަންހެނުން ބާރުވެރިކުރުމަށާއި އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ވެސް ގޮވާލައްވާފައެވެ. އަދި މީހުންގެ އަމަލުތަކަށާއި ތިމާވެއްތަށް އިންސާނުންގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ، އެކަމާ މެދު ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ޑިޖިތަލް ޓްރާންސްފޯމޭޝަން ގެނައުމަށްޓަކައި ގަވަރމެންޓް ޓެކްނޮލޮޖީ އޭޖެންސީއެއް ގާއިމުކުރެވޭނެ ކަމަށައި ޑިޖިޓަލް ނެޝަނަލް އައިޑެންޓިޓީ ވެސް ތައާރަފްކުރެވިގެންދާނެ ކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ އަމާޒަކީ ސަރުކާރުން ދޭ ޚިދުމަތްތަކާއި ސިއްހީ ގިނަ ޚިދުމަތްތައް އޮންލައިންކޯށް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް ވެސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.