3 ލޯންޗެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން = ފޮޓޯ: އެމްއެންޑީއެފް

މާލެ ސިޓީ ފަޅުގައި އޮތް ލޯންޗުތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަކަށް އަނިޔާވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ، މާލޭގެ ދެކުނު ފަރާތު ފަޅުގައި އަޅާފައި އޮތް 3 ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެ، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.

ލޯންޗުތަކެއްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް މިއަދު ހެނދުނު 06:13 ގައި ލިބިފައިވާއިރު، އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގައި އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.