ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ

ރައްޔިތުންގެ މަޖިޅިޙުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

އީސަގެ މައްޗަށް ދައުލަތުން (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން) ދައުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުންނެވެ. އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.

އީސާ އާ ދެކޮޅަށް އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ފުލުހަށް ހުށަހެޅީ ގެވެށި އަނިޔާގެ މައްސަލައެކެވެ. އަސްރާ ފަހުން ވަނީ ދަރިފުޅުގެ ހައްގުގައި ކަމަށް ބުނެ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދިފަ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އީސަގެ މައްޗަށް ތުހުމަތުކުރެވޭ، ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދުނު ނަމަވެސް، އެ މައްސަލައިގެ ތަހުގީގުކުރިއަށް ގެންދާނެ ކަމަށެވެ.

އަސްރާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އޭނާއަށް އަނިޔާކޮށް، އަސްރާގެ އަތުން ދަރިފުޅު ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް ވައްޓާލާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ. އަދި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން އޭނާއަށް ލިބޭކަމަށެވެ.

މި މައްސަލައާ ގުޅިގެން އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވެސް އިސްތިއުފާ ދެއްވާފައެވެ. އެ މައްސަލައާ ގުޅިގެން އީސަ ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުޤައްރިރުކަމުންވެސް އެކަހެރިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.