ޔުއެފާ ޔޫރޯގެ ބީ ގައި ރަޝިއާ އަދި ފިންލޭންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ އުއްމީދު ރަޝިއާއިން ދަމަހައްޓައިފިއެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ރަޝިއާ ބަލިވެފައިވުމާއެކު އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މިއަދުގެ މެޗު ވަރަށް މުހިންމުވިއެވެ. މެޗުގެ ފުރަތަމަ ހާފު ފެށިގެން ރަޝިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު 14 ވަނަ މިނެޓުގައި ރަޝިއާގެ ފޯވާޑާ ޒޫބާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ރަޝިއާއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެގޮތުން ޒޫބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް މި ލަނޑު ޖަހައިދިނީ އެލެކްސީ މިރަންޗުކްއެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ރަޝިއާއިން ކުޅުނުއިރު އެޓީމަށް ލީޑު ފުޅާކުރެވިފައެއް ނުވެއެވެ.

މި މޮޅާއެކު ރަޝިއާވެސް ވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް އެއްކޮށްފައެވެ. އެ ޓީމު ދެވަނާގައި އޮތްއިރު ފިންލޭންޑް އޮތީ ހަމަ ތިން ޕޮއިންޓާއެކު ތިން ވަނައިގައެވެ. އެއްވަނާގައި މި އަދަދަށް ޕޮއިންޓް ލިބިގެން ލަނޑުގެ ތަފާތުން އޮތީ ބެލްޖިއަމްއެވެ.

މި ގްރޫޕްގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި ޑެންމާކް އޮތްއިރު ކުރިޔަށް އޮތް މެޗުގައި އެޓީމު ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. މި މެޗުން ބެލްޖިއަމް މޮޅުވެއްޖެނަމަ އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ.

މި ގްރޫޕްގެ އެންމެ ފަހު ދެ މެޗުގައި ރަޝިއާ ޑެންމާކާއި ދެކޮޅަށް ނުކުންނައިރު ބެލްޖިއަމް ނުކުންނާނީ ފިންލޭންޑާއި ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.