"ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ މަޤާމަށް ޞަބްރާ އިބްރާހީމް ނޫރައްދީން، މިއަދު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަނުކުރައްވައިފިއެވެ.

ރައސިުލްޖުމްހޫރިއްޔާ "ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ މަޤާމަށް ސަބްރާ އައްޔަންކުރެއްވީ ކްލައިމެޓް އިމަރޖަންސީ ޤާނޫނުގެ ދަށުންނެވެ. ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޤާނޫނަށް އަމަލުކުރަންފަށާތާ 30 ދުވަހުގެ ތެރޭގައި ސަފީރުން ފެންވަރުގެ މަޤާމެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެ ކަމަށެވެ. އަދި އެ މީހަކަށް ދައުލަތުން ސަފީރަކަށްދޭ މުސާރަ އާއި އިނާޔަތްތައްދޭންވާނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

ޤަނޫނުގައި ބުނެފައިވާގޮތުން "ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ އޮފީސް ހުންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އަދި އެ މަޤާމަށް އައްޔަންކުރާ ފަރާތަކުން ޖަވާބުުދާރީވާންޖެހޭނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

"ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ފަރާތުން ބަސް ބުނުމެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ބައިނަލްއަޤުވާމީ މައިދާނަށް އިއްވައިދިނުމެވެ.

ޞަބްރާ އިބްރާހީމް ނޫރައްދީން އަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން މާސްޓަރސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ޙާޞިލްކުރައްވާފައިވާ ފަރާތެކެވެ.

ޞަބްރާ އިބްރާހީމް ނޫރައްދީން، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް މަސައްކަތްކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަޤާމުގައެވެ. އަދި ޞަބްރާ އަކީ މީގެކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޮލަމްބޯގެ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސްގައިވެސް މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.