ކޮވިޑުގައި މަރުވި މީހެއްގެ ޖަނާޒާ ހުޅުމާލެ ސަހަރާގައި ކުރިޔަށް ދަނީ - ފޮޓޯ: ހަފްތާ

ކޮވިޑް ބަލިގައި އިތުރު މީހަކު މަރުވެ މަރުވި މީހުންގެ ޖުމްލަ އަދަދު 200 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނިގޮތުގައި މިއަދު މަރުވެފައިވަނީ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ މިއަދު ފަތިހު 05:00 ގައެވެ.

އޭނާ މަރުވެފައިވަނީ ގދ. ކޮވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާދެވެމުން ދަނިކޮށެވެ.

އެއާއި އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 200 އަށް އަރާފައެވެ.

މިހާރު ރާއްޖެއިން ރިޕޯޓުކުރާ ކޮވިޑްގެ ކޭސްތައް ވަނީ މަދުވާން ފަށާފައެވެ. އެގޮތުން އިއްޔެ ރިޕޯޓުކުރީ 224 ކޭސްއެވެ. މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 8،155 އަށް ދަށްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.