ކޮންމެ އަހަރަކުވެސް އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާގައި ސަރުކާރުން ދެމުން އަންނަ ރެހެންދި އެވޯޑް 7 ބޭފުޅަކަށް ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީއިން އިއުލާން ކުރައްވާފައިވާ ގޮތުން، ރެހެންދި އެވޯޑް ދީފައިވަނީ 2 ދާއިރާއަކުންނެވެ. އެއީ އިޖުތިމާޢީ ދާއިރާ އަދި އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާއެވެ. މީގެ ތެރެއިން ފުރަތަމަ ދާއިރާއިން 2 ބޭފުޅަކަށް އެވޯޑް ލިބިފައިވާ އިރު ދެވަނަ ދާއިރާއިން 5 ބޭފުޅަކަށް އެވޯޑް ލިބިފައިވެއެވެ. މިގޮތުން ރެހެންދި އެވޯޑް ލިބުނު ބޭފުޅުންނަކީ:

  • ފާތިމަތު އިބްރާހިމް ކާނިމާގެ، ޅ.ހިންނަވަރު – އިޖުތިމާޢީ ދާއިރާ
  • އަލްއުސްތާޛާ މަރްޔަމް ޝުނާނާ ހ.ވެލަސްފަރުގެ – އިޖުތިމާޢީ ދާއިރާ
  • ޙައްވާ ލަތީފް ހުޅުމާލެ ފްލެޓް 10-3-01 – އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • އާމިނަތު އަމީނާ ހަނދުވަރީގެ، ލ.ކުނަހަންދޫ – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • ޝިފްޒާ މުޞްޠަފާ އާސާނު، ޏ.ފުވައްމުލައް – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • ޢާއިޝަތު ޙުސައިން މަނިކު ހ.ރީނދޫކޮކާގެ – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • މިންހާ ފާއިޒު ރަޝާދު ހުޅުމާލެ ފްލެޓް 99-1-02 – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ

މި ބޭފުޅުން ހޮއްވާވަފައިވަނީ އެކަމަށްޓަކައި މިނިސްޓްރީން އެކުލަވާލާފައިވާ ރެހެންދި އެވޯޑު ކޮމިޓީންނެވެ.

ރެހެންދި އެވޯޑަކީ އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މީގެއިތުރުންވެސް  މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުންވެސް މި އެވޯޑު ދިނުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. 

ޖެންޑަރ މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ތަރައްޤީއާއި، ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން ފާހަގަކޮށް، އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަށް މަސައްކަތްކުރާ ބޭފުޅުންގެ އަގު ވަޒަންކުރުންވެސް އެވޯޑު ދިނުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރު އެވެ. 2019 ވަނަ އަހަރު ރެހެންދި އެވޯޑު ލިބިފައިވަނީ 9 ބޭފުޅަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.