އައްޑޫ ސިޓީ ހިތަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެދުމުގެ މަތިން، އެ ރަށުގައި ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ކައުންސިލުން ހަރުކަށިކޮށް، އިއުލާންކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ،  އައްޑޫ ސިޓީ ހިތަދޫގައި ކޮވިޑު ކޭސްތައް އިތުރުވަމުން ދާތީ، އެޗްޕީއޭގެ އެދުމުގެ މަތިން އެ ރަށުގައި ފިޔަވަޅުތައް ހަރުކަށިކޮށް، 17 ޖޫން (މާދަމާ) އިން ފެށިގެން ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭގެ އިން އެދިގެން ހިތަދޫގައި އަޅަން ނިންމައި، އިއުލާންކޮށްފައިވާ ފިޔަވަޅުތައް: 

  1. ހެނދުނު 8:00 އިން ހަވީރު 04:00 އާއި ދެމެދުގެ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކުގައި ގެއިން ބޭރަށް ނުކުމެ ނޫޅުން. އަދި މިގޮތަށް ބޭރަށް ދިޔުމުގައިވެސް ޕާރމިޓާއި އެކުގައި ބޭރަށް ނުކުތުން.
  2. ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދިނުން ފިޔަވައި އެހެން ޚިދުމަތް ދިނުން ހުއްޓާލުން.
  3. އެއްގެއިން އަނެއްގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރީގެ ބޭނުންތަކަށް ގޭބިސީތަކުން ބޭރަށް ނިކުތުމަށް ޕޮލިސް ޕާރމިޓް ހޯދަންވާނެ ކަމަށާއި،  އެގޮތުން ކޮންމެ ހައުސް ހޯލްޑަކަށް 2 ފާސް ދޫކުރެވޭނެ ކަމަށެވެ.

އެގޮތުން ފާސްތައް ދޫކުރަމުންދާނީ 2 ވަގުތަށް ބަހާލައިގެން ކަމަށާއި، އެއީ ހެނދުނު 08:00 އިން 12:00 އަށް އަދި 12:00 އިން 16:00އަށް ކަމަށާއި، ފާސް ދޫކުރެވޭނީ ކޮންމެ ގޭބިސީއެއްގެ ކަރަންޓް މީޓަރަށް ބަލައިގެން 1 ހަފްތާގެ މުއްދަތަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.

ހިތަދޫގެ ރެސްޓޯރެންޓްތަކަށް ޑެލިވަރީގެ ޚިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 09:00 އާ ހަމަޔަށް ދިނުމަށް ނިންމާފައިވާއިރު، ކައުންސިލުން ބުނީ، އެ ރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކާއި، ސްކޫލްތަކާއި، އާއްމު ޚިދުމަތްދޭ ތަންތަނުން ކޮންމެހެން ވަޒީފާއަށް ނިކުންނަންޖެހޭ މުވައްޒަފުންގެ މައުލޫމާތު އައްޑޫ އެމަރޖެންސީ އޮޕަޜޭޝަންސް (އޭއީއޯސީ) އަށް މެއިލްކޮށް ހުއްދަ ހޯދަންވާނެ ކަމަށެވެ.

އެގޮތުން ވަޒީފާއަށް ނިކުއްނަ މުވައްޒަފުންގެ ނަމާއި، އައި.ޑީ.ކާޑު ނަންބަރު އަދި ޑިއުޓީއަށް ނިކުއްނަން ޖެހޭ ގަޑިއާއި ނިމޭގަޑި އެނގޭ ގޮތަށް އޭއީއޯސީއަށް ލިސްޓެއް ފޮނުވަން ޖެހޭނެ ކަމަށާއި، އަދި އެ ލިސްޓު މޯލްޑިވްސް ޕޮލިސް ސާރވިސްއާ ހިއްސާ ކުރެވިގެންދާނެ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

މަސްވެރިކަންކުރާ ފަރާތްތަކަށް ޕޮލިސް ޕާމިޓް މެދުވެރިކޮށް ހުއްދަ ދޫކުރެވޭވެނެ ކަން ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ބުނީ، ހަވީރު 4:00 ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައި ވާތީ، އެ ފިޔަވަޅުތައް އެގޮތުގެމަތިން ދެމިއޮންނާނެ ކަމަށެވެ.

މީގެއިތުރުން މި އެންގުންތަކަކީ އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމަށް ވުމުން، މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރަމުން ގެންދިޔުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.