ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނީ --ފޮޓޯ: މުހައްމަދު އައުޒަމް / ވަން އޮންލައިން

ލ. އަތޮޅު ކޮވިޑް-19 މެނޭޖްމެންޓް ފެސިލިޓީޣައި ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 09:23 ގައި 59 އަހަރުގެ ދިވެހި އަންހެނެއް މަރުވެފައިވާކަމަށެވެ.

މިއީ ރާއްޖެއިން ރިޕޯޓު ކުރި ކޮވިޑްގެ 199 ވަނަ މަރެވެ.

މިހާރު ރާއްޖެއިން ރިޕޯޓުކުރާ ކޮވިޑްގެ ކޭސްތައް ވަނީ މަދުވާން ފަށާފައެވެ. އެގޮތުން އިއްޔެ ރިޕޯޓުކުރީ 224 ކޭސްއެވެ. މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 8155 އަށް ދަށްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.