ފްރާންސް އަދި ޖަރުމަން ބައްދަލުކުރި މެޗުގެ ތެރެއިން -ފޮޓޯ: ސްކައި

ޔޫރޯ 2020 ގައި ޖަރުމަން ދަނޑުގައި އެޓީމުގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ފްރާންސް ކުރިހޯދައިފިއެވެ.

މިރޭ ކުޅުނު މި މެޗު ފެށިގެން ދެޓީމުން އެޓޭކިންގ މޮޅު ފޫޓުބޯޅައެއް ކުޅެފައިވާއިރު، ލަނޑު ޖެހުމަށްވެސް ދެޓީމުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފްރާންސުން ވަނީ މެޗުގެ ކުރީކޮޅު ޖަރުމަންގެ ގޯލަށް ނުރައްކާކޮށް ލީޑު ނެގުމަށް މަސައްކަތް  ކޮށްފައެވެ.

ފްރާންސުން މެޗުގެ ލީޑު ނެގީ 20 ވަނަ މިނެޓުަގައި ޖަރުމަންގެ ޑިފެންޑަރ މެޓް ހުމެލްސް އަތުން ބައިކޮަޅަށް ވަތް ލަނޑުންނެވެ. މި ލަނޑާއެކު ޖަރުމަނުން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ފްރާންސްގެ ހާފަށް ބާރުބޮޑުކުރުމުގެ އިތުރުން ހަމަލާތަކެއްވެސް ވަނީ އުފައްދާފައެވެ.

ނަމަވެސް ޖަރުމަން ޓީމަށް މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ވަނީ ހިފޭ ގޮތް ނުވެފައެވެ. އޭގެ ބަދަލުގައި ފްރާންސްއިން އަނެއްކާވެސް އެޓީމުގެ އެޓޭކްތައް ގިނަކޮށް، ލަނޑު ޖެހުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.

މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް ކަރިމް ބެންޒެމާ ފްރާންސަށް ލޑީޑު ނަގައިދިންއިރު، މި ލަނޑު އޮފްސައިޑް ކަމަށް ބެލެވިގެން"ވީއޭއަރް" މެދުވެރިކޮށް ބެލި ބެލުމުން، އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.

މި ނަތީޖާއާއެކު ފްރާންސް އޮތީ 3 ޕޮއިންޓާއެކު ގްރޫޕް އެފްގެ ދެވަނައިގައެވެ. މި ގްރޫޕްގެ އެއްވަނައިގައި އޮތީ 3 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޯޗުގަލްއެވެ. އަދި ރޭ ކުޅުނު މެޗުން ބަލިވި ޖަރުމަން 3 ވަނައިގައި އޮތްއިރު، ހަންގޭރީ އޮތީ ފުލުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.