އަންގާރަ ދުވަހު 224 މީހަކު ކޮވިޑް-19 އަށް ޕޮޒިތިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖޭގައި 4644 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 224 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 111 ކޭސް
- އަތޮޅުތެރެއިން - 105 ކޭސް
- ރިސޯޓުތަކުން - 8 ކޭސް
✳️ COVID-19 : Case Updates pic.twitter.com/LV0w2ieyU1
— Health Protection Agency (@HPA_MV) June 15, 2021
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 8155 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 79 އަށް ދަށްވެފައެވެ.
މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 70897 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 62533 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 198 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.