ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ހަމްދާން

އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން. ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދި ހަމްދާން ވިދާޅުވެއްޖެއެވެ.

ހަމްދާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ތަރައްގީކުރަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކޮންމެ ރައްޔިތަކުވެސް ދިރިއުޅޭ ސަރަހައްދަކުން ފެންވަރު ރަނގަޅު ސިއްޙީ ހިދުމަތްތަކެއް، ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިގެން ދިއުން ކަމަށެވެ.

އޭނާ މިހެން ޓްވީޓް ކުރެއްވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 500 އަށް ވުރެ ގިނަ އެމްއާރުއައި ހެދިފައިވާ ކަމަށް ހޮސްޕިޓަލުގެ މެނޭޖަރ އޮފް ހެލްތު ސާވިސަސް އަހްމަދު ދާއޫދު ވިދާޅުވި ހަބަރު ކޯޓް ކުރައްވަމުންނެވެ.

ކޮވިޑާއެކު މާލެ ސަރަހައްދު ފުރަބަންދުގައިވުމުން އުތުރާއި، މެދު ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުކޮށްފައިވަނީ ކުޅުދުއްފުއްޓަށެވެ. އެ ސަބަބާއިހުރެ، ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތްދޭން ފެށުންވެގެންދިޔައީ ހޮސްޕިޓަލުގެ ހިދުމަތް ހޯދަމުގައި އިތުރުވަމުން އައި އަދަދުތަކަށް ލިބުނު ބޮޑު ލުޔަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.