ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ. 

ގާސިމް އިބްރާހިމް ރައީސް ޞާލިހުގެ ސަރުކާރަށް ތައުރީފް ކުރެއްވީ، ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ހާއްސަ ޓްވީޓެއްގައެވެ. އެގޮތުން، 2 އަހަރު ފުރުމުން އެކަމުގެ ތަހުނިޔާ ރައީސްއަށް ގާސިމްވަނީ އަރިސްކުރައްވާފައެވެ.

އިތުރަށް ގާސިމް ވިދާޅުވީ، އެތެރެއާއި ބޭރުން ނަގާ އެކިރާޅުތަކުން ސަލާމަތްވެ ޤައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ރައީސް ޞާލިހު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ގާސިމް ދުއާކުރައްވާފައިވެއެވެ.

ގާސިމް އިބްރާހިމްއަކީ ކޯލިޝަން ސަރުކާރުގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. އެމަނިކުފާނަކީ ކޯލިޝަން ސަރުކާރެއް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ލީޑަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.