ޑރ. ނަޒްލާ ރަފީގް

ކޮވިޑްގެ ކޭސްތައް ދަށްވާ ސަބަބު އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ސާފުކޮށް ދެއްވައިފިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޭސްތައް ގިނަވުމުގެ ސަބަބުން މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކޮންމެވެސް ވަރަކަށް ހުއްޓަލަން ޖެހުނު ކަމަށެވެ. އަދި އެކްޓިވް ސާވެލެންސްގެ ދަށުން ރެންޑަމް ސާމްޕަލް ނެގުން ވެސް ހުއްޓާލަން ޖެހުނު ކަމަށެވެ. ނަމަވެސް ކޭސްތައް މަދުވުމާއެކު އެ ދެ ކަންތައް ވެސް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޭސްތައް ގިނަވެ ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލުމާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ގެނައި ބަދަލާއެކު، ކޭސްތައް ދެނަގަނެވޭ މިންވަރު ދަށްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި 2 ކަމަކީ އެންމެ ގިނައިން ބަލި މީހުން ދެނެގަނެވޭ 2 ކަންތައް ކަމަށާއި، އެހެންކަމުން ކޭސްތައް ހަގީގަތުގައި ދަށަށް ދިިޔަ ކަމަށް އަދިވެސް ބެލެން ނެތް ކަމަށެވެ،

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޭސްތައް ދެނެގަނެވޭ މިންވަރު އިތުރު ކުރުމަށް ނިންމާފައިވާ ގޮތަކީ، ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ ކޭސްތަކުގެ ތެރެއިން 80 އިންސައްތަ ކޭސްތަކުގެ ޓްރޭސިންގ 24 ގަޑިއިރު ތެރޭ ނިންމައި، 48 ގަޑިއިރު ތެރޭ ހުރިހާ ކޭސްތަކެއްގެ ޓްރޭސިން ފުރިހަމަ ކުރަން ޖެހޭ ގޮތަށް ކަމަށެވެ. އަދި ބަލީގައި ހާލުބޮޑުވާ މީހުންގެ އިތުރުން މަރުވާ މީހުންގެ އަދަދު ދަށްކޮށް އެއްވަރެއްގައި ހިފެހެއްޓުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމަމިއާއެކު، ކުރިއެކޭ އެއްގޮތަށް މާލެ ސަރަހައްދުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ދުވާލަކަށް މަދުވެގެން 380 ސާމްޕަލް ނަގަން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ ހަފްތާއެއްހާ ދުވަހު ކޭސްތައް ރިޕޯޓް ކޮށްފައިވާ ގޮތުގެ މައުލޫމާތުތައް

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ހާމަކުރެއްވި ތަފާސްހިސާބުތަކަސް ބަލާލާއިރު، މިމަހު 7 ވަނަ ދުވަހު ސާމްޕަލް ޕޮޒިޓިވިޓީ ވަނީ 7 އިންސައްތައަށް ދަށްވެފައެވެ. މޭ ފަހުކޮޅު މި އަދަދު 40 ގައި ހުރުމަށްފަހު 7 އަށް ދަށްވިއިރު، ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސާމްޕަލް ޕޮޒިޓިވިޓީ ހުންނަން ޖެހެނީ 5 އިންސައްތައިން ދަށުގައެވެ.

12 ޖޫންގައި ރެންޑަމް ސާމްޕަލްތަކުގެ 7.2 އިންސައްތަ ސާމްޕަލް ޕޮޒިޓިވްވެފައި ވާއިރު ޖޫން 2 އިން 8 އާ ހަމައަށް ފްލޫ ކްލިނިކްތަކުން ނެގި ސާމްޕަލްތަކުގެ 23 އިންސައްތަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. ހަމަމިއާއެކު، 14 ޖޫންގައި ފެނުނު ކޭސްތަކުގެ 62 އިންސައްތައަކީ އެހެން ޕޮޒިޓިވް ކޭސްއަކާ ގުޅުން ނެތް ކޭސްތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން 8 ޖޫން އިން 14 ޖޫން އާ ހަމައަށް މަރުވި މީހުންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، އެ މުއްދަތުގައި މަރުވީ ކޮންމެ ލައްކަ މީހަކުން ބަލާނަމަ 3 މީހުންނެވެ. އަދި މި މުއްދަތުގައި ހޮސްޕިޓަލްގައި އެޑްމިޓް ކުރި މީހުންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، އެ މުއްދަތުގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކޮންމެ ލައްކަ މީހަކުން ބަލާނަމަ 14 މީހުންނެވެ. އަދި ޕޮޒިޓިވްވީ، ކޮންމެ ލައްކަ މީހަކުން ބަލާނަމަ 620 މީހުންނެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.