ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމް "މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމްގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު އިމިގްރޭޝަނުން ހުޅުވާލައިފިއެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަތުރުވެރިންނަށް ހިދުމަތްދޭ އަދި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ހުރިހާ ވިޔަފާރިތަކަށްވެސް ޕާޓްނަރަކަށް ވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި، ކޮރޯނާ ވައިރަސްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތު ހީނަރުވެފައިވާތީ، ޕާޓްނަރަކަށް ވުމަށް ރަޖިސްޓްރީކުރުމަށް އެއްވެސް ފީއެއްވެސް ދައްކާކަށް ނުޖެހޭނެއެވެ.

"މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމްއަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބި، ގިނަ އިނާމުތަކެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ޕްރޮގްރާމްގެ ދަށުން ޕޮއިންޓް ލިބޭ ތިން ދަރަޖައަކަށް ޕޮއިންޓް ލިބޭނެއެވެ. އެއީ "އައިދަ" (ލޯ ދަރަޖަ) އާއި "އަންތަރަ" (ރިހި ދަރަޖަ) އަދި "އަބާރަނަ" (ރަން ދަރަޖަ)އެވެ.

މި ޕްރޮގްރާމްގެ ދަށުން ޕާޓްނަރަކަށް ވުމުން، އެ ތަނުގެ ހިދުމަތް ބޭނުންކުރާ ކޮންމެ ފަހަރަކު ޓޫރިސްޓުންނަށް 5 ޕޮއިންޓް ލިބޭނެއެވެ. މީގެ އިތުރުންވެސް ޕޮއިންޓް ލިބޭ ގޮތްތަކުގެ ތެރޭގައި، ރާއްޖޭގެ ބޯޑަރު ހުރަސްކުރާ ކޮންމެ ފަހަރަކު ޕޮއިންޓްސް ލިބުން، ތަފާތު އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ރާއްޖެއަންނަ ފަތުރުވެރިންނަށް އިތުރު ޕޮއިންޓްސް އަދި ރާއްޖޭގައި ހޭދަކުރާ ކޮންމެ ރެއަކަށް ޕޮއިންޓްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމް ފަށާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިންގެ އިސް ނެންގެވުމަށް ފެއްޓެވި ޕްރޮގްރާމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.