އިންޑިއާއިން އުފައްދަމުންދާ ކޮވިޑް 19 ގެ ވެކްސިންގެ ފޭސް 3 ގެ ޓްރަޔަލްތައް ފަށައިފިއެވެ. ގާތްގަނޑަކަށް 26،000 ބައިވެރިންނާއެކު މި ޓްރަޔަލްތައް ފެށިއިރު މިއީ ދުނިޔޭގައި ވެސް ފޭސް 3 ގެ ވެކްސިން ޓްރަޔަލްއެއް މިހާ ގިނަ މީހުންނާއެކު ފެށި ފުރަތަމަ ފަހަރެވެ. 

މި ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުންދަނީ ހައިދަރުއާބާދުގެ ބާރަތު ބަޔޯޓެކްއިންނެވެ. އަދި އެ ކުންފުނިން މި މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެންމެ ބޮޑު ރިސާޗް ބޮޑީ ކަމަށްވާ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗާއި ގުޅިގެންނެވެ. 

މި ވެކްސިންގެ ފޭސް 1 އަދި ފޭސް 2 ގެ ޓެސްޓްތަކުން މިއީ ކޮވިޑާއި ދެކޮޅަށް ބޭނުންކުރެވޭނެ ވެކްސިންއެއްކަމުގެ އުއްމީދު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެހެންކަމުން ފޭސް 3 ގެ ނަތީޖާތަކާއެކު މި ވެކްސިން ބާޒާރަށް ނެރުމަކީ އެކަށީގެންވާ ކަމެކެވެ. 

އިންޑިއާގެ ވެކްސިންގެ ޓްރަޔަލްތައް ފަށާފައި މިވަނީ އެމެރިކާގެ ކުންފުންޏަކުން އުފައްދަމުންދާ ވެކްސިންއެއްގެ ފޭސް 3 ގެ ޓްރަޔަލްތަކުން އެ ވެކްސިންއަކީ 94.5 އިންސައްތަ ކާމިޔާބު ވެކްސިންއެއްކަން ހާމަވެފައިވާ ދަނޑިވަޅުގައެވެ. 

ސެޕްޓެމްބަރު މަހުގެ ތެރޭގައި އދ. ގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މުޅި ދުނިޔެއިން ކޮވިޑާއި ދެކޮޅަށް ކުރާ މަސައްތަކުގައި އިންޑިއާގެ ވެކްސިން އުފެއްދުމުގެ ގާބިލްކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދަމުންދަނީ އިންޑިއާގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.