ރައްޖެ މިނިވަން ގައުމެއް ގޮތުގައި ދެމި މިއޮތީ އިސްލާމް ދީނުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިހްލާސްތެރި ހެޔޮ އެދުންތައް ރައްޔިތުންނަށް އަރިސް ކުރައްވާ ކަމަށެވެ. އަދި މި ރާއްޖެ މިނިވަން ގައުމެއް ގޮތުގައި ދެމި އޮތުމުގެ މަސްދަރަކީ އިސްލާމް ދީން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހި ފަސްގަނޑުގައި ދަމަހައްޓަވާށި. އާމީން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ތެރޭގަ އެވެ. ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރެއްވުން ވަނީ ހުއްޓަވާލައްވާފަ އެވެ. އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރައްވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.